|
Article in other languages:
|
ދަ އާޖެންޓައިން ރިޕަބްލިކް ނުވަތަ އާޖެންޓީނާއަކީ ދެކުނު އެމެރިކާ ބައްރުގައި އޮތް ދެވަނައަށް އެންމެ ބޮޑު ޤައުމެވެ. އާޖެންޓީނާއަކީ މުޅި ދުނިޔެއަށް ބަލާއިރު ބިމުގެ ގޮތުން އަށްވަނައަށް އެންމެ ބޮޑު ޤައުމެވެ. ސްޕެނިޝް ބަހުން ވާހަކަދައްކާ ޤައުމުތަކުގެތެރެއިން ބިމުގެ ގޮތުން އެންމެ ބޮޑު ޤައުމަކީ ވެސް އާޖެންޓީނާއެވެ. އެހެން ނަމަވެސް އިސްޕެނިޝް ބަހުން ވާހަކަދައްކާ ޤައުމުތަކުގެ ތެރެއިން މެކްސިކޯ އާއި އިސްޕެއިނާއި ކޮލަންބިޔާގެ އާބާދީ އާޖެންޓީނާގެ އާބާދީއަށް ވުރެ ބޮޑެވެ.
އަވަސް ކަޅިއަކުން ބަލައިލުމެއްއާޖެންޓީނާގެ ރަސްމީ ބަހަކީ ސްޕެނިޝްބަހެވެ. އިނގިރޭސި ބަހުން އާޖެންޓީނާގެ މީހުންނަށް ކިޔަނީ އާޖެންޓައިން ނުވަތަ އާޖެންޓީނިއަންއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ބުއެނޮސް އައިރެސްއެވެ. އާޖެންޓީނާގެ ވެރިރަށަކީ ވެސް ބުއެނޮސް އައިރެސްއެވެ. އާޖެންޓީނާއަކީ ފެޑެރަލް ރިޔާސީ ޖުމްހޫރިއްޔާއެކެވެ. ޤައުމުގެ އާބާދީއަކީ 40 މިލިއަނެވެ. އެހެންކަމުން މިއީ ދުނިޔޭގައި 31 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 2.7 މިލިއަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އެހެން ނަމަވެސް ރޭލު ދަތުރުކުރަނީ ވާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ ar. އެވެ. ކޯލިން ކޯޑަކީ +54 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ޕެސޯއެވެ. ނަންއާޖެންޓީނާގެ ނަން އައިސްފައިވަނީ ލެޓިން ބަހެއް ކަމުގައިވާ އާޖެންޓަމްއިންނެވެ. މީގެ މާނައަކީ ވިދުން، ހުދުކުލަ، ނުވަތަ ރިއްސެވެ. އާޖެންޓިނާގެ ނަން ބޭނުންކުރަން ފަށާފައިވާ ކަމަށް ފެނިފައިވަނީ މީލާދީން 16 ވަނަ ޤަރުނުހާ ތާނގައެވެ. ޖުޣުރާފީއާޖެންޓީނާގެ ހުޅަނގުގައި އޮތް ފަރުބަދައިގެ ރޭންޖަކީ އެންޑީޒް މައުންޓެއިން ރޭންޖެވެ. އިރުމަތީގައިވަނީ އެޓްލާންޓިކް ކަނޑެވެ. އުތުރުގައިވަނީ ޕެރަގުއޭ އާއި ބޮލީވިއާއެވެ. އިރު އުތުރުގައިވަނީ އުރުގުއޭ އާއި ބްރެޒިލެވެ. ހުޅަނގާއި ދެކުނުގައި އޮތީ ޗިލީއެވެ. ދެން އޮތީ ބްރިޓިޝް އެންޓާޓިކް ޓެރިޓަރީއެވެ. ތާރީޚުއާޖެންޓީނާގެ ތާރީޚަށް ބަލާއިރު އެ ޤައުމަކީ ވަރަށް ކުރީއްސުރެ މީހުން ދިރިއުޅޭ ޤައުމެއްކަން ސާބިތުވެއެވެ. އިންކާއިންގެ ޕަޗަކޫޓީގެ ވެރިކަމުގައި ވަނީ މިހާރުގެ އާޖެންޓީނާގެ ހުޅަނގު އުތުރު ފަޅިޔަށް 1480 ގައި ޙަމަލާދީ އެތަން ފަތަޙަކޮށްފައެވެ. ޔޫރަޕުގެ މީހުން އާޖެންޓީނާއަށް އައިސްފައިވަނީ 1516 ވަނަ އަހަރުގައެވެ. 1542 ވަނަ އަހަރު ސްޕޭނު މީހުން ވައިސްރޯޔަލްޓީ އޮފް ޕެރޫ ޤާއިމުކުރިއެވެ. އަދި ދެކުނު އެމެރިކާގައި ސްޕޭނު މީހުންގެ ބާރު ހިނގާތަންތަނަކީ ވައިސްރޯޔަލްޓީ އޮފް ޕެރޫ ކަމުގައި ހަމަޖެއްސިއެވެ. 1580 ވަނަ އަހަރުގައި ސްޕޭނު މީހުންގެ ދާއިމީ ކޮލޮނީއެއް ބުއެނޮސް އައިރެސްގައި ޤާއިމުކުރިއެވެ. މިއާއެކު ބުއެނޮސް އައިރެސް ވެގެންދިޔައީ ސްޕޭނުން ހިޖުރަކުރި މީހުންނާއި އެމީހުންގެ ދަރިދަރިކޮޮޅުގެ މީހުންގެ ވަޒަނަކަށެވެ. 25 މެއި 1810 ވަނަ އަހަރުގައި އާޖެންޓީނާއިން އެ ޤައުމުގެ މިނިވަންކަން އިޢުލާންކުރިއެވެ. ޑެމޮގްރަފިކްސްއާޖެންޓީނާގެ އާބާދީގެ ތާރީޚަށް ބަލާއިރުގައި 1869 ވަނަ އަހަރު އާޖެންޓީނާގައި ތިބީ 1.88 މިލިޔަން މީހުންނެވެ. 1895 ގައި ތިބީ 4 މިލިޔަން މީހުންނެވެ. 1914 ގައި ތިބީ 7 މިލިއަން މީހުންނެވެ. 1947 ގައި ތިބީ 15 މިލިޔަން މީހުންނެވެ. 1960 ގައި ތިބީ 20 މިލިޔަން މީހުންނެވެ. 1970 ގައި ތިބީ 23 މިލިޔަން މީހުންނެވެ. 1980 ގައި ތިބީ 27 މިލިޔަން މީހުންނެވެ. 1991 ގައި ތިބީ 32 މިލިޔަން މީހުންނެވެ. 2001 ގައި ތިބީ 36 މިލިޔަން މީހުންނެވެ. 2009 ގައި ތިބީ 40 މިލިޔަން މީހުންނެވެ. އާޖެންޓީނާއަކީ ހިޖުރަކޮށްފައިވާ މީހުންގެ ޤައުމެކެވެ. އާޖެންޓީނާގެ އާބާދީގެ 86.4% މީހުންނަކީ ޔޫރަޕުގެ ނަސްލަށް ނިސްބަތްވާ މީހުންނެވެ. ސްޕޭނު އަދި އިޓަލީ ނަސްލުގެ މީހުންނެވެ. 8% މީހުންނަކީ މެސްޓިޒޯއިންނެވެ. 4% މީހުންނަކީ އިރުމަތީ އޭޝިޔާ މީހުންނާއި އަރަބީންނެވެ. އާޖެންޓީނާގެ އާބާދީގެ 92% މީހުންނަކީ ނަޞާރާއިންނެވެ. އާބާދީގެ 1.9% އަކީ މުސްލިމުންނެވެ. ސަގާފަތުއާޖެންޓީނާގެ ސަގާފަތަކީ ޔޫރަޕުން އިންޕޯޓުކުރެވިފައިވާ ސަގާފަތެކޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. އިޤްތިޞާދުއާޖެންޓީނާގެ އިޤްތިޞާދަކީ އެކްސްޕޯޓުކުރުމުގެ މައްޗަށް ބިނާވެފައިވާ އިޤްތިޞާދެކެވެ. 1975 އާއި 1990 ވަނަ އަހަރާ ދެމެދު އެންމެ ބޮޑަށް ދަރަނިވެރިވެފައިވާ ޤައުމުތަކުގެ ތެރޭގައި އޮތް އާޖެންޓީނާގެ އިޤްތިޞާދު މިހާރު ދަނީ ރަނގަޅުވަމުންނެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 14408 ޑޮލަރެވެ.
Questions for article: |
|||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
This article is from Wikipedia. All text is available under the terms of the GNU Free Documentation License.
IHS Europe: Infrared Heating Systems for Home and Business.